މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: 17 އަހަރު ކުއްޖާ މަރުވެއްޖެ

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި އަނިޔާވި އެކަކު މަރުވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރީގަ އެވެ. އެކްސިޑެންޓްވީ ކާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. ޕިކަޕެއްގައި ވެސް ޖެހުނެވެ.
އެ މީހާ ގައިގައި ޖެހުނީ ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. އެއީ 17 އަހަރުގެ ކުއްޖެކެވެ. އިތުރު މީހެއްގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ