ފަނޑިޔާރުގެ ހަގީގީ މާނައިގައި މިނިވަން ކުރުމަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ޖޭއެސްސީގެ ބޭރުން ވަކި ކޮމިޓީއެއް އުފައްދައި ވަކި ފަންތިއެއްގެ ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް އުފެއްދުމުގެ ހިޔާލު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވަނީ ފަނޑިޔާރުގެއާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރައްޔިތުން ބޭނުންވާ ފަދަ އިންސާފު ލިބޭނެ ކޯޓުތަކެއް ގާއިމުކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. އެ ކޮމިޝަނުގައި ހަމައެކަނި ގާނޫނީ އަދި ޕްރޮފެޝަނަލް ދާއިރާގެ މީހުން ތިބޭ ގޮތަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިސިޕްލިނަރީ ވަކި ކޮމިޓީއެއް، ޑިސިޕްލިނަރީ ކަންކަމާއި އެޕޮއިންޓްމެންޓް ކަންކަން ވަކިކުރުމަށް ފަހު ވަކި ކޮމިޓީއެއް އެކުލަވާލުން. އަދި ވަކި ފަންތީގެ ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް ހެދިދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު މިހާރު އޮތް ގޮތުން ޑިޕްލޮމާ ފާހަކުން ފަނޑިޔާރަކަށް ވުމަށް ފުރުސަތު ލިބޭ ކަމަށާއި ޑިގްރީއެއް އޮންނަ ގޮތަށް ޝަރުތު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމަށް ވަކި ކޯހެއް ފަރުމާކޮށްގެން ތަމްރީނު ދިނުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.
"ކޮންމެ މައްސަލައެއް ވެސް ބަލަން ފަށާނެ ދުވަހާއި ނިމޭނެ ދުވަސް ކުރީ ބައިގައި އެނގެން އެބަ ޖެހޭ. އެހެން ނޫނީ މައްސަލަތައް މި އޮންނަނީ މުޅި އުމުރު ދުވަހަށް ދެމިފައި. މިފަދަ ބަދަލުތަކެއް ގެނައުމޭ ރަނގަޅީ،" ޝަމްހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮރަޕްޝަނާއި ނާޖާއިޒު މަންފާ ހޯދުމުގެ ކަންކަން ކުރިއަށްދަނީ ގާނޫނު ނެތިގެން ނޫން ކަމަށާއި ގާނޫނުތަކަށް ބޯނުލަނބާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްހީދުގެ ހިޔާލަކީ ސުލޫކީ މައްސަލަތަކަށް ވަކި ކޮމިޓީއެއް އުފެއްދުމާއި، ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް އުފެއްދުން ޝަމްހީދުގެ ހިޔާލަކީ ސުލޫކީ މައްސަލަތަކަށް ވަކި ކޮމިޓީއެއް އުފެއްދުމާއި، ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް އުފެއްދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ