އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ރައީސް އޮފީހުގެ އިސް މަޤާމުތަކުގައި ތިއްބެވި ދެ ބޭފުޅަކާމެދު ފިޔަވަޅު އަޅައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ހާމަކުރެއްވި ގޮތުގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު ވަނީ މުސާރަ ނުލިބޭގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކުރައްވާފައެވެ.
އަދި ހަމައެއާއެކު، ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ދާއޫދު ހުށަހެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކޮމިޓީން އޭނާ ވަކިކުރައްވާފައެވެ.
މީގެއިތުރުން، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަންގެ މަޤާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން ވެސް ވަނީ މިއަދު އެ މަޤާމުން ވަކިކުރައްވާފައެވެ.
އަންހެންމީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ދާއޫދު އަޙްމަދު ސަސްޕެންޑްކޮށް އިޒްދިޔާން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ