ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން މިރޭ ވެސް އިހުތިޖާޖުކުރަން ފަށައިފި ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން މިރޭ ވެސް އިހުތިޖާޖުކުރަން ފަށައިފި

ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން މިރޭ ވެސް އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ސަރަހައްދުގައި ގިނަ އަދަދެއްގެ ޒުވާނުން އިހުތިޖާޖު ކުރަމުންދާއިރު އެ ސަރަހައްދު ބަންދު ކުރުމަށް ފުލުހުން ވަނީ ބެރިކޭޑް ޖަހާފަ އެވެ. ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ޒުވާނުން އިހުތިޖާޖު ކުރިއިރު، ފުލުހުން އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެއް ނުވެ އެވެ.
އެ ސަރަހައްދަށް މިރޭ އެއްވެފައި ތިބި ޒުވާނުން ދަނީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މީގެއިތުރުން އިހުތިޖާޖުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.
ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ފުލުހުން މިހާރު ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފެހެއްޓީ މިއަދު އެވެ.
ހާދިސާއަށް ހަ ދުވަސް ވެގެން ދިޔައިރު، މިއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ. މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަން ފެށީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފުލުހުންނަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ