ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރުގެ މައްސަލަތަކެއް ބެލުމަށްފަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ދޮގު ރިޕޯޓެއް ހަދާފައިވާތީ އެކަން ރައީސް މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނަށް އަޒްމިރާލްދާގެ ފަރާތުން ސިޓީއެއް ފޮނުވައިފި އެވެ.
އަޒްމިރާލްދާގެ ފަރާތުން ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީން އަމަލު ކޮށްފައި ވަނީ ފަނޑިޔާރުންނަށް ކުރެވުނު ތުހުމަތުތަކުން ދިފާއުވުމުގެ އަސާސީ ހައްގާއި ހިލާފަށް ކަމަށެވެ.
ފަނޑިޔާރުން ވަކިކުރަން ނިންމައި އެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ކަނޑައެޅިގެން ފެންނަން ހުރި ހަގީގަތްތައް އެއްފަރާތް ކޮށްފައިވާ ކަމަށް އަޒްމިރާލްދާގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ. ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ރައީސް އައްޔަން ކުރައްވާ ދެ ބޭފުޅުން ތިއްބަވާކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"ފަނޑިޔާރުގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ދެ ބޭފުޅުން. އެގޮތުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަކީ ރައީސް އައްޔަނު ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާއިރު، ދެން އެ ކޮމިޓީގައި އިންނަވާ ޔަޒްމީދު މުހައްމަދަކީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާ ތަމްސީލު ކުރައްވާ މެންބަރެއް،" ރައީސްއަށް ސިޓީ ފޮނުވި ސަބަބު ބަޔާން ކޮށްދެއްވަމުން އަޒްމިރާލްދާގެ ވަކީލުން ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން އަޒްމިރާލްދާގެ ފިރިކަލުން، ޑރ. އިސްމާއިލް ލަތީފް ޑިސެމްބަރު 4، ގައި ހައްޔަރު ކުރީ ބަރަހަނާ ހާލުގައި ނޫން ކަމަށް ކޮމިޓީއަށް އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން އެނގެން އޮންނާނެ ކަމަށެވެ. ނަމަވެސް ލަތީފް ހައްޔަރުކުރަން ފުލުހުން އެތަނަށް ދިޔައިރު، އޭނާ ހުރީ ބަރަހަނާ ހާލުގައި ކަމަށް މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައި އޮތުމުން އެ މައްސަލަ ވެސް އަޒްމިރާލްދާގެ ވަކީލުން ފާހަގަކޮށްފައިވެ އެވެ.
ލަތީފް ބަންދުން ދޫކޮށްލުމަށް އަޒްމިރާލްދާ ނުފޫޒު ފޯރުވި ކަމަށް މައްސަލަ ބެލި ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް، ލަތީފް ހައްޔަރު ކުރި ވަގުތުން ފެށިގެން އެނާ ބަންދުން ދޫކޮށްލުމާ ދެމެދު ހޭދަވި ވަގުތުގެ ތެރޭގައި އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަޒްމިރާލްދާ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު މަހާޒްއާ ވެސް އަޒްމިރާލްދާ ވާހަކަދައްކަވާފައި ވަނީ ލަތީފް ބަންދުން ދޫކޮށްލި ދުވަހުގެ އިރުއޮއްސުނު ފަހުންކަން ސާބިތުވާ މިންވަރަށް ހެކި ހުރިކަން ވަކީލުން ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަ ބެލުމަށްފަހު، ފަނޑިޔާރުން ވަކިިކުރަން ފެންނަ ކަމަށް ނިންމައި ރިޕޯޓު ތައްޔާރު ކުރީ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ނިންމާފައިކަން އަޒްމިރާލްދާގެ ވަކީލުން ފާހަގަ ކޮށްފައިވެ އެވެ.
އެ ހެކިތައް ބަލައިނުގަތުމަށް ކޮމިޓީން ނިންމީ އެ ހެކިތަކުން ސާބިތު ކުރަން ބޭނުންވާ ކަންކަން އެނގެން ނެތް ކަމަށާއި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ނިންމުމަށްފަހު ކަމަށް އަޒްމިރާލްދާގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
ރައީސްގެ ނުފޫޒު އޮތް ކޮމިޓީއިން ދޮގު ރިޕޯޓެއް ހެދުމުން އަޒްމިރާލްދާގެ ފަރާތުން ރައީސްއަށް ސިޓީއެއް ރައީސްގެ ނުފޫޒު އޮތް ކޮމިޓީއިން ދޮގު ރިޕޯޓެއް ހެދުމުން އަޒްމިރާލްދާގެ ފަރާތުން ރައީސްއަށް ސިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ