މޫވް މޯލްޑިވްސް އާއި އައިރަނާޒްއިން އިންތިޒާމްކޮށްގެން އަންނަ ހުކުރުދުވަހު ބާއްވާ ދުވުން، "މޯލްޑިވްސް 10 ކޭ"ގެ އެކްސްޕޯ ފަށައިފި އެވެ.
ހުޅުމާލޭ ފެމިލީ ރޫމް ކެފޭގައި ފެށި އެކްސްޕޯގައި ރޭހުގެ ބައިވެރިންނަށް ބިބް އާއި ޓީޝާޓް ވެސް ދޫކުރާނެ އެވެ.
ރޭސް ކިޓް ބަލާ އަންނަ އިރު:
އައިޑީ ކާޑް/ ވޯކް ޕާމިޓް/ ޕާސްޕޯޓް
ރޭހަށް ރެޖިސްޓްރީކުރި އިރު ދޫކުރާ ޑިޖިޓަލް ބިބް ދައްކަން ޖެހޭނެ
މި އެކްސްޕޯ މިއަދު ހަވީރު 5 އިން ރޭގަނޑު 9އަށް ކުރިއަށް ދާނެ އެވެ.
އައިރަނާޒް އިން ވަނީ މި ރޭހުގެ ރޫޓު ވެސް އާއްމުކޮށްފަ އެވެ.
މި ރޭސް ހުކުރުދުވަހު ހެނދުނު 6:00 ގައި ފަށާނީ ހުޅުމާލެ ފޭސް ދޭއް ފެށޭ ހިސާބުގެ އަތިރިމަތީގައި ހުންނަ ފެމިލީ ރޫމް ކެފޭ ކައިރިންނެވެ. ރޭހުގައި 400 ދުވުންތެރިން ބައިވެރިވެ އެވެ.
އައިރަނާޒްއިން ބުނީ މިއީ އަލަށް ދުވަން ފަށައި ދުވުންތެރިން ވެސް ދިގު ރާސްތާގެ ދުވުންތަކަށް ލޯބި ޖައްސަން ބާއްވާ ރޭހެއް ކަމަށެވެ. ރޭހުގެ ކަޓްއޯފް ޓައިމްއަކީ ތިން ގަޑި އިރެވެ.
އައިރަނާޒްގެ އެއް ބާނީ އަދި ކޯޗު ހުސެން ސުޖާއު ބުނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. އެގޮތުން "ލާސްޓް މިނެޓް ސްލޮޓްތައް" ވަރަށް ބާރަށް ފުރެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
މި އަހަރުގެ ފެބްރުއަރީ މަހު އައިރަނާޒް އިން ވަނީ "މޯލްޑިވްސް ފައިވް ކޭ" ނަމުގައި ވެސް ރޭހެއް ބާއްވައިފަ އެވެ.
އައިރަނާޒްގެ "މޯލްޑިވްސް 10 ކޭ" ގެ އެކްސްޕޯ ކުރިއަށް، ދުވުންތެރިންނަށް ކިޓް ވެސް ހަވާލުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ