މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ރޯދައިގެ ދުވަސްތަކުގައި އެ އިދާރާއިން ޚިދުމަތް ފޯރުކޮށްދޭނެ ގަޑިތައް އިޢުލާންކޮށްފައެވެ.
މި ދުވަސްތަކުގައި އެމްއެމްއޭގެ ޚިދުމަތްތައް ލިބެން ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ގަޑިތަކުގައި ބޭންކިންގ ޚިދުމަތްތަކާއި، ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރުން ވަނީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މި ދުވަސްތަކުގެ ތެރެއިން މާރިޗު 27 އަދި 29 ވަނަ ދުވަހު އެކަނި އެމްއެމްއޭއިން ޚިދުމަތް ދެއްވާނެކަމަށް ވަނީ އިޢުލާންކުރައްވާފައެވެ. މި ދެ ދުވަހުވެސް ޚިދުމަތް ދެއްވާނީ ރޯދަ މަހަށް ކަނޑައަޅުއްވާފައިވާ ގަޑިތަކުގައެވެ.
އަދި ހަމަ މިއާއެކު، ކުރިއަށް އޮތް ރަމަޟާން މަހު ވިޔަފާރިތަކުން ޚިދުމަތް ދޭންޖެހޭ ގަޑިތައްވެސް ސަރުކާރުން ވަނީ އާންމުކޮށް އިޢުލާންކުރައްވާފައެވެ.
ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ރޯދައިގެ ދުވަސްތަކުގައި އެމްއެމްއޭގެ ޚިދުމަތްތައް ލިބޭނެ ގަޑިތައް އިޢުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ