އެޑިއުކޭޝަން އެކްސްޕޯ 2025ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ބާއްވާ ތައުލީމީ ދާއިރާއަށް ހާއްސަ އެންމެ ބޮޑު އެކްސްޕޯ ކުރިއަށްދާނީ މާދަމާ އަދި ހޮނިހިރު ދުވަހު ބާސެލޯ ނަސަންދުރާގަ އެވެ.
ތަފްސީލް - ކިއު ސްޓަޑީ މޯލްޑިވްސް އިން ބާއްވާ މި އެކްސްޕޯއަކީ ތައުލީމީ ގޮތުން ހުރި ފުރުސަތުތައް އަންނަން އޮތް ޖީލުތަކަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯ އެކެވެ.
މި އެކްސްޕޯގައި ބައިނަލްއަގުވާމީ އެކި ޔުނިވަސިޓީތަކާއި ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދަރިވަރުންނާއި ބެލެނިވެރިން އަދި މުހިންމު ފަރާތްތައް ބައިވެރިވެ އެވެ.
މި އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްއިން ހާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ވަނީ ހިމަނާފަ އެވެ. މި ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭ ފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި:
އެފްސީ25 ޒޯނެއް
މައިންކްރާފްޓް، އެސްޓްރޯ ބޮޓް އަދި ބްރޯލްހަލާއާ އެކު ކުޑަކުދިންނަށް ހާއްސަ ޒޯނެއް
ސްޓްރީޓް ފައިޓާ 6، މޯޓަލް ކޮމްބަޓް 1 އަދި ނަރޫޓޯ އެކްސްއާ އެކު ފައިޓިން ގޭމް ޒޯނެއް
ޕަވްލޯވް ޝެކް އަދި ބީޓް ސޭބާއާ އެކު ވީއާރު ޒޯނެއް
ގްރޭން ޓުރިޒްމޯއާ އެކު ރޭސިން ސިމިއުލޭޝަން ޒޯނެއް
މި ޒޯނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ހުރިހާ ގޭމްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވޭނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ތައުލީމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ އެއްބާރުލުން ދެމުންނެވެ.
އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ