ދަރިވަރަކު ގްރޫމް ކުރި އަންހެން ޓީޗަރަކު ވަކިކޮށްފި

ދެކުނުގެ ރަށެއްގައި ފިރިހެން ދަރިވަރަކަށް ގްރޫމްކުރި ކަމުގެ ތުހުމަތުގައި އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ. 
ވީ ކިހިނެއް؟- މިދިޔަ މަހުގެ ތެރޭގައި ފެންމަތިވި މި މައްސަލައިގައި، ޓީޗަރު ގްރޫމް ކުރި ކަމަށް ބުނަނީ ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރަކަށެވެ. ގްރޫމްކުރުމަކީ ޖިންސީ ގޯނާ ކުރުމުގެ ނިިޔަތުގައި ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައިގެން، ކުއްޖާ ހައްލާލަން މަސައްކަތް ކުރުމެވެ. 
ތަފްސީލު - އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ވަޒީފާއިން ވަކި ކުރީ އެޑިއުކޭޝަން މިނިސްޓްރީން މައްސަލަ ބެލުމަށް ފަހު އެވެ. އެ މައްސަލަ ދަނީ މިހާރު ފުލުހުން ވެސް ތަހުގީގު ކުރަމުންނެވެ. 
އެނގުން މުހިއްމު - އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައިގެން ޓީޗަރަކު ދަރިވަރުން ގްރޫމްކުރި މައްސަލައެއް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ފެންމަތިވި އެވެ. ގިނަ ކުދިންތަކެއް ގްރޫމް ކުރި ކަމަށް ބުނާ އެ މައްސަލައިގައި ތުހުމަތުވާ ފިރިހެން ޓީޗަރު ހައްޔަރު ވެސް ކުރި އެވެ. އަދި އޭނާ މިހާރު ދޫކޮށްލާފައި ހުރި ނަމަވެސް، މައްސަލައިގައި ދައުވާ ކުރުމަށް ވަނީ ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ