އެމްޑަބްލިޔުއެސްސީ މުވައްޒަފުންނާއި މޯލްޑިވްސް ބްލަޑް ސާވިސަސް އިން ލޭ ހަދިޔާ ކުރާ ހަރަކާތެއް މިއަދު ހިންގައިފި އެވެ.
އެމްޑަބްލިޔުއެސްސީ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މި ލޭދިނުމުގެ ޙަރަކާތް ފައްޓަވާ ދެއްވީ އެއެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓާ ޢަބްދުލްމަތީން މުޙައްމަދު އާއި އެކުންފުނީގެ ޗެއާޕާރސަން ޝަމްހޫޒާ އަޙުމަދެވެ. މިހަރަކާތުގައި އެކުންފުނީގެ ސީނިއާ މެނޭޖްމަންޓްއާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ މި ލޭ ހަދިޔާކުރުމުގެ މިޙަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަވާ ޤައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ޙަރަކާތެއް ކަމަށެވެ. މިނިސްޓްރީ އޮފް ހެލްތުގެ އިސްނެގުމާއެކު އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ މިޙަރަކާތުގެ އެންމެ މުހިންމު މަޤްސަދަކީ މޯލްޑިވްސް ބްލަޑް ސަރވިސް އަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި ބޭނުންވާ ލޭގެ އެހީ، އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ. އަދި ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މި ހަރަކާތުގައި ބައިވެރިވާން ނިންމިކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނެފައި ވެއެވެ.
Advertisement
މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް، އެމްޑަބްލިޔުއެސްސީ އިން ވަނީ މުވައްޒަންނަށް އެކަމަށްޓަަކައި ޝުކުރު އަދާކޮށްފައެވެ.
އެމްޑަބްލިޔުއެސްސީ އިން ލޭ ހަދިޔާ ކުރާ ހަރަކާތެއްގައި ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ