މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ އަށް ޓީމުގެ ތެރޭގައި، އދ. މަހިބަދޫ ހިމެނުން އެއީ ލިބުނު ފަހުރެއް ކަމަށާއި، ފުޓްސަލް އަށް ހާއްސަ ދަނޑެއް ނެތި އެ ޓީމުން ނެރުނު ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށް މަހިބަދޫ ޓީމުގެ ތަރި އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) ބުނެފި އެވެ.
މަހިބަދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ފެށީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އެ ޓީމު ނިންމާލީ އދ. އަތޮޅުގެ ރަނަރަޕްގެ ގޮތުގަ އެވެ. ޖެހިގެން އައި އަހަރު އަތޮޅު ތަށި ހޯދި އެވެ. މި ފަހަރުގެ މުބާރާތުގައި އަތޮޅު ފައިނަލުން ބަލިވި ނަމަވެސް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި، ގަދަ 16 ބުރުގައި، ފ. އަތޮޅުގެ ޗެމްޕިއަން، ދަރަނބޫދޫ ބަލިކޮށް ފުރަތަމަ ފަަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.
ފުޓްބޯޅައިގައި މުޅި ރާއްޖެ އަށް ބެލިޔަސް ނަން މަޝްހޫރު ރަށެއް ކަމުގައިވާ މަހިބަދޫގެ ނުފޫޒު މި ގައުމުގެ ފުޓްބޯޅައިގައި ވަރަށް ގަދަ އެވެ. އެކަމަކު ފުޓްސަލް ދަނޑެއް ނެތުމާއެކު އެ ރަށުގައި ފުޓްސަލްގެ ފޯރި ނިސްބަތުން ބަލާއިރު، ކުޑަ އެވެ.
ބިޗަޑް އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ލިބިފައިވާ މަދު ވަސީލަތްތަކާ އެކު ވެސް އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ. އަދި، މުޅި ރާއްޖޭގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުންވެސް އެއީ އެ ރަށަށް އަދި ކުޅުންތެރިންނަށް ލިބުނު ފަހުރެއް ކަމަށް ބިޗަޑް ފާހަގަކުރި އެވެ.
"ފުޓްސަލް އަށް ހާއްސަ ދަނޑެއް ނެތި މަދު ވަސީލަތްތަކާ އެކު ވެސް މަހިބަދޫ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ" ބިޗަޑްގެ ޕޯސްޓުގައި އޭނާ ފާހަގަކުރި އެވެ.
"ރާއްޖޭގެ 128 ރަށެއްގެ ޓީމަކުން ވާދަކުރި މި މުބާރާތުގެ ގަދަ އަށެއް ތެރޭގައި ހިމެނުމަކީ ފަހުރެއް،"
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުން މަހިބަދޫ ކެޓީ ކުއާޓާ ފައިނަލުގައި ހދ. ނައިވާދޫ އަތުން ބަލިވެގެންނެވެ. ނައިވާދޫ އިން ވަނީ މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.
ފުޓްސަލް އަށް ހާއްސަ ދަނޑެއް ނެތި މަހިބަދޫ ޓީމު ނެރުނު ނަތީޖާއާ މެދު ބިޗަޑު ހިތްހަމަޖެހޭ ފުޓްސަލް އަށް ހާއްސަ ދަނޑެއް ނެތި މަހިބަދޫ ޓީމު ނެރުނު ނަތީޖާއާ މެދު ބިޗަޑު ހިތްހަމަޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ