'ގެއްލޭނެތަ؟'ގެ ނަމުގައި އެޗްޑީސީން ރޯދައާ ގުޅޭ ހާއްސަ ވީޑިއޯތަކެއް

ދީނީ ގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރޯދައާ ގުޅޭ ހާއްސަ ވީޑިއޯތަކެއް މި ރޯދަ މަހު ހެދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީން ބުނި ގޮތުގައި، 'އަލް އަސްރު' އަދި 'އިލްމު' ޖަމިއްޔާއާ ގުޅިގެން ހަދާ މި ވީޑިއޯތަކުގައި ރޯދަ މަހަށް ބޭނުންވާ އިލްމީ މައުލޫމާތުތައް ހިމެނޭނެ އެވެ.
ތަފްސީލް - އޭގެ އިތުރުން ދެން އެ ވީޑިއޯތަކުގައި ހިމެނެނީ:
އިސްލާމީ ރިވެތި އާދަތައް
ދީނުގައި ކަންކަން އޮންނަ ގޮތް
ޝައުގުވެރި މައުލޫމާތުތައް
އެޗްޑީސީން ބުނި ގޮތުގައި، 'ގެއްލޭނެތަ؟'ގެ ނަމުގައި ހަދާ މި ވީޑިއޯތައް، ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާނެ އެވެ. މިއީ ރޯދަ ހިފުމުގެ މުހިއްމުކަމާއި އޭގެ މާތްކަން ކިޔައިދިނުމުގެ އިތުރުން، މުޖުތަމައުގައި ދީނީ ސާބިތުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ސީރީޒްއެއް ކަމަށް އެ ތަނުން ބުންޏެވެ.
މި ވީޑިއޯގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ވެސް، ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. 
'ވާހަކަޔޯ ވާހަކަޔޯ'ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ، އެ ކުންފުނިން ބުނި ގޮތުގައި، ރަސޫލާގެ ސުންނަތުގެ އަލީގައި ކުދިންނަށް ކަންކަން ކިޔައިދިނުމަށެވެ. ހުޅުމާލޭގެ ރީތި މާހައުލުތަކުން، މި ސީރީޒް ކުރިއަށް ގެންދަވާނީ ދީނީ އިލްމުވެރިޔާ ޖައުފަރު މުހައްމަދު އުސްމާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ