ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނީ މާޔޫސްކަން: އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އިތުރު މާޔޫސްކަމެއް ގެނުވި ބަޔާނެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާފަ އެވެ. އެ ޖަވާބުގައި އޭނާ ފާހަގަކުރި ގޮތުގައި އެ ބަޔާނަކީ މިހާތަނަށް ވެރިޔަކު އިއްވި އެންމެ އޮޅުވައިލުން ގިނަ ބަޔާނެވެ."ގައުމުގެ އަދުގެ ހާލަތާއި މި ރިޔާސީ ބަޔާނަކާ އެއްވެސް ގުޅުމެއް ނެތް. މި ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްކޮށްފި. އިގުތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެެއް ބުނެ ނުދެވުނު. މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިވުނު އެންމެ އޮޅުވައިލުން ގިނަ ރިޔާސީ ބަޔާން. ފެނިގެންދިޔައީ ބޮޑެތި މުހިންމު ކަންކަން އުނިކޮށް ހިޔާލީ ވާހަކައެއް އުފައްދަން އުޅުނު މަންޒަރު،" ނާޒިލް ވިދާޅުވި އެވެ.މިއަދާ ހަމައަށް އައިއިރު ވެސް މާލީ އިސްލާހީ ފިޔަވަަޅުތައް އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށާއި މަޖިލީހުން ފާސްކުރި ބަޖެޓާއި ރައީސްގެ އަމަލުތަކާ ދިމާނުވާ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. ސަރުކާރަށް 15 މަސް ދުވަސްވެގެންދިޔައިރު ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައިވާ ކަމަށާއި އެ އަދަދު 3000 އަށް އަރާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.ޓޫރިޒަމަކީ އިގްތިސޯދީ މައި ތަނބު ކަމަށް ވާއިރު، އެތެރޭގެ ޓޫރިޒަމް މާހައުލު ބަދަލުވަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަމާމެދު ޕީއެންސީގެ ސަރުކާރުން ނުވިސްނާ ކަމަށާއި ޓޫރިޒަމާ ގުޅޭ އެއްވެސް ސިޔާސަތެއްގެ ވާހަކަ ވެސް ރިޔާސީ ބަޔާނުގައި ހިމަނާފައިނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ."ސަރުކާރުގައި ފައިސާ ނެތިގެން އަވަސް ގޮތެއްގައި ފައިސާ ހޯދުމަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރާ ރަށްތަކާއި ފަޅުތަކުގެ އަގު އެތައް ގުނައެއް ކުޑަކޮށްފި. އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުން ކަނޑައަޅާފައިވާ އަގު ކުޑަކޮށް ރަށްތަކާއި ފަޅުތައް ސޭލް އަޅުވާލާފައި،" ނާޒިލް ވިދާޅުވި އެވެ.ނާޒިލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ޑިމޮކްރަސީ ހޯދައި އަސާސީ ހައްގުތައް ކަށަވަރުކުރުމުން އެ ހައްގުތައް މިސަރުކާރުން ހަނިކުރަމުންދާ ކަމަށެވެ.ދިވެހިރާއްޖެ މިހާރު މިދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް. ގާނޫނުގެ ވެރިކަމެއް ނުހިނގާ،" ނާޒިލް ވިދާޅުވި އެވެ.ސަރުކާރުގެ ފުރަތަމަ އަހަރު ދައުލަތުގެ މުޅި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އެންމެ މަތިން ފެށިގެން ތިރިއަށް އާންމުވެފައިވާ ކަމަށާއި މިއީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވަމުންދާ ސަރުކާރެއް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ