ހޫނުން ރައްކާތެރިވުމަށް ބަންގި އާއި ނަމާދާ ދެމެދުގެ ވަގުތު ކުރު ކުރަން ސައުދީ ސަރުކާރުން އިމާމުންނަށް އަންގައިފި

ހައްޖު މޫސުމުގައި މައްކާގެ މިސްކިތްތްތަކުގައި ނަމާދަށް ބަންގި ގޮވުމާއި ގަމަތް ދިނުމާ ދެމެދުގެ ވަގުތުތައް ކުރު ކުރުމަށް ސައޫދީ ސަރުކާރުން މައްކާގެ މިސްކިތްތަކަށް އަންގައިފި އެވެ. ސައުދީ ސަރުކާރުން އެ ގޮތަށް ނިންމީ ހޫނު މޫސުމުގައި އެތައް މިލިއަން ބަޔަކު ހައްޖަށް ޖަމާވެ، ތޮއްޖެހިފައިވާ ތަންތަންތަނުގައި ނަމާދު ކުރާ އިރު ލުއި ދިނުން އިހުތިޔާރު ކުރުމުގެ ގޮތުންނެވެ.
އެ އެންގުން ނެރުއްވީ ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އައްޝައިހު އަބްދުލަތީފު އަލްޝައިހެވެ. އެ އަމުރު ނެރުއްވީ ހައްޖުވެރިން އާންމުކޮށް އެއްވާ ތަންތަނުގައި ހުންނަ މިސްކިތްތަކަށެވެ. އޭގެ ތެރޭގައި މައްކާގެ މެދުތެރޭގައި ހުރި މިސްކިތްތަކާއި ދީނީ މުގައްދަސު ތަންތަނުގައި ހުންނަ މިސްކިތްތައް ހިމެނެ އެވެ.
ނަމާދުގެ އަޅުކަން ކުރާ މީހުންނަށް ހޫނުގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށް، އެހެންކަންކަމަށް ވަގުތު ހުސްކުރުމަށް ފުރުސަތު ދިނުން، އެ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެންމެ ފަހުން އެފަދަ ފިޔަވަޅެއް އެޅުއްވީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ވެރިޔާ ޝައިހު އަބްދުއްރަހްމާން އަލް ސުދައިސް މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ވަނީ ހުކުރު ހުތުބާ ގިނަވެގެން 15 މިނެޓަށް ކުރު ކުރުމަށް އިމާމުންނަށް އަންގަވައިފަ އެވެ. އަދި ނަމާދުގައި ބަންގި އާއި ގަމަތާ ދެމެދު ގިނަވެގެން 5 މިނިޓާއި 10 މިނެޓަށް ކުރުކުރުމަށް ވެސް އަންގަވައިފަ އެވެ.
މި އަހަރު ހައްޖުގެ އަޅުކަންކަން އަދާ ކުރުމަށް ދިމާވި ދުވަސްވަރަކީ ހޫނު މޫސުމުގެ ހޫނުމިން ވަރަށް ގަދަ ދުވަސްވަރަކާ އެވެ.
ހައްޖުވެރިންގެ ޖިސްމާނީ އަދި ރޫހާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އާންމު ހާލަތާއި ލޮޖިސްޓިކްސްގެ ކަންކަން ބެލެހެއްޓުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ