އައްޑިހަހާހަށްވުރެ ގިނަ މީހުން ބަލައިގެންފައިވާ ލިޔުމެއް-: ތިމާއަށް އެކަންކަން ކުރެވުނީތީ ދުނިޔޭގަ ހިތާމަކުރަންޖެހޭ 8 ކަމެއް!

މިއީ ތިމާއަށް އެކަންކަން ކުރެވުނީތީ ދުނިޔޭގަ ހިތާމަކުރަންޖެހޭ 8 ކަމެއްގެ ވާހަކައެވެ.
މިއީ ދީނީ ލިޔުމެއް ނޫނެވެ. ބައިނަލްއަޤްވާމީ ވސްނުންތެރިއަކު ބުނެފައިވާ ވާހަކައެކެވެ. އޭނާގެ މިލިޔުން ދުނިޔޭގެ ކަންކޮޅުތަކުން އައްޑިހަ ހާހަށްވުރެ ގިނަ މީހުން ވަނީ ބަލައިގެންފައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ފައިދާކުރާނެ ކަމުގެ އުންމީދުގައި ހާމަކޮށްލާނަމެވެ! 
1. ލޯބިވާ މީހުންނާއެކު އެކަށީގެންވާ ވަރަށް ފޮޓޯ ނުނެގުން. 
2. ތިމާއާ މެދު އެހެން މީހުން ދެކޭ ގޮތާމެދު ކަންބޮޑުވުމުގަ ވަޤުތު ބޭކާރުކުރުން. 
3. ފަސޭހައިން ޙާޞިލުކުރެވެން ހުންނަ ކަންކަމަށް ސަމާލުކަން ނުދީ ހުވަފެންތަކުގެ ފަހަތުން ދުވުން 
4. ބައިވެރިޔާ ފިޔަވައި އެހެން އެއްވެސް މީހަކަށް އެމީހަކީ ތިމާއަށް ކިހާ މުހިންމުކަން ކިޔައި ދިނުން. 
5. ތިމާއަށް ފައިދާ ނުކުރާނެކަން އެނގޭ ގުޅުމެއްގައި ދުވަސްތައް ބޭކާރުކުރުން 
6. މައިންބަފައިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވުން- 
7. އަނެކާގެ ކިބައިން ދުވަހަކުވެސް ތިމާއަށް ނުލިބޭ ކަމެއް ލިބިދާނެކަމަށް އުންމީދުކުރުން- 
8. ކުރަން ޖެހޭ ވަގުތު އަމިއްލަ ނަފްސު އިސް ނުކުރުން. 
ފަށަމުންވެސް ބުނެވުނު ފަދައިން މިއީ ބައިނަލްއަޤްވާމީ ވިސްނުންތެރިއަކު ބުނެފައިވާ ކަންކަމެވެ. ވީމާ ގެނެސްދީފައި އެވަނީ އޭނާ ބުނެފައިވާ ގޮތަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ