ގްރޭޓާ މާލެ ސަރަހައްދުން ކަރަންޑު ކެނޑުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ކެންސަލްކޮށް ދަރިވަރުން ގެއަށް ފޮނުވާލައިފި އެވެ. 
މާލޭން ކަރަންޓު ކެނޑުނީ 12:30 ހާއިރު އެވެ. މާލެ އާއި ހުޅުމާލޭން ކަރަންޓު ދިޔަ ވަގުތަކީ މެންދުރު ދަންފަޅީގެ ކިޔެވުން ފެށުމަށް އެސެމްބްލީ ބާއްވަން ތައްޔާރުވަމުން ދިޔަ ވަގުތެވެ. 
ނަމަވެސް، ކިޔެވުން ކެންސަލްކޮށް ކުދިން ބަލާ އައުމަށް ބެލެނިވެރިންނަށް އެންގުމުން ދަރިވަރުން ވަނީ ގެއަށް ގެންގޮސްފަ އެވެ. 
މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ދެންމެ ބުނެފައިވީ ނަމަވެސް އަދިވެސް މާލޭގެ ބޮޑު ބައެއްގައި ކަރަންޓެއް ނެތެވެ. 
އެ ކަމާ ގުޅޭ ހާއްސަ ތަހުގީގެއް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ގަޑިއެއްހާއިރު ކުރިން ހާމަކުރައްވާފަ އެވެ.
    
    ކަރަންޓު ކެނޑުމުން ސްކޫލްތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ނުބޭއްވި ދަރިވަރުން ގެއަށް ފޮނުވާލައިފި ކަރަންޓު ކެނޑުމުން ސްކޫލްތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ނުބޭއްވި ދަރިވަރުން ގެއަށް ފޮނުވާލައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ