ކޮންގްރެސް ޕާޓީގެ ނާއިބު ރައީސުންނަށް ޕީޕީއެމްގެ ކުރީގެ ދެ ނާއިބު ރައީސުން ކަމަށްވާ މުހައްމަދު ޣައްސާން މައުމޫން އާއި އަހްމަދު ޝިޔާމް ހަމަޖައްސަވައިފި އެވެ.
މިރޭ އޮތް ކޮންގްރެސް ޕާޓީގެ ސެނެޓް ބައްދަލްވުމުގައި ޣައްސާން މައުމޫނާއި އަހްމަދު ޝިޔާމް، ޕާޓީގެ ނާއިބު ރައީސުންނަށް ހަމަޖެއްސުމަށް އެދިވަޑައިގެން އެ ހުށައެޅުއްވުން ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް މުއިއްޒަކީ ކޮންގްރެސްގެ ރައީސެވެ.
ރައީސްގެ އެ ހުށައެޅުއްވުމާއި ގުޅިގެން ސެނެޓުން ވަނީ އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެނެސް އެ ހުށައެޅުމަށް ވޯޓަށް އަހާފަ އެވެ.
Advertisement
އެ ހުށައެޅުން ފާސްކުރީ ސެނެޓްގެ އިއްތިފާގުންނެވެ. މިރޭގެ ސެނެޓްގައި 123 މެންބަރުން ބައިވެރިވި އެވެ.
ކޮންގްރެސް ޕާޓީން ބުނީ ޕީޕީއެމްގެ ސެނެޓްގައި ހިމެނުނު ވަރަށް ގިނަ މެންބަރުން މިރޭ އެ ޕާޓީއާ ގުޅިފައިވާ ކަމަށެވެ.
އެ މެންބަރުން ސޮއިކުރުމަށް މިރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމާ އެ ކަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުން ވަނީ އެ ޕާޓީ އުވާލާފަ އެވެ.
ޣައްސާންއާ ޝިޔާމް ކޮންގްރެސްގެ ނާއިބުންނަށް، ހުށައެޅުއްވީ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ