ގްރީން ޒޯންގައި މީޑިއާ ފެންޑާ އެއް ހުޅުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މީޑިއާ ފެންޑާގަ އެވެ.ރައީސް އޮފީހުގެ ދަށުން ހިންގާ ފެންޑާ އަށް ވަދެވެނީ އެ ކަމަށް ހާއްސަ ހުއްދަ އޮންނަ ނޫސްވެރިންނަށް އެކަންޏެވެ. އެ ފާސް ދޫކުރަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ.އެކަމަކު، މިއީ ގްރީން ޒޯން ކަމަށް ވާތީ ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް އެތަނަށް ހިނގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސްގެ އޮފީހުންނެވެ. އަދި މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސްޔާގެ އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅާފައިވާ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެއެވެ. ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރިން ބޭނުންވާ ޙާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ