އުމުރުން 88 އަހަރުގައި ޕޯޕް ފްރާންސިސް މަރުވެއްޖެ އުމުރުން 88 އަހަރުގައި ޕޯޕް ފްރާންސިސް މަރުވެއްޖެ

ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ، ހޮރްހޭ މާރިއޯ ބެރްގޯލިއޯ (ޕޯޕް ފްރާންސިސް) އުމުރުން 88 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ މަރުވީ މިއަދު ހެނދުނުކަން ވެޓިކަން ކެމަލެންގޯ ކެވިން ފެރެލް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ޕޯޕް ފްރާންސިސް މަރުވީ ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ ބައްޔަށް ފަރުވާ ދިނުމަށް މީގެ ހަފުތާތަކެއް ކުރިން ފެށިގެން އޭނާ އޮތީ ރޯމްގެ ޖެމެލީ ހޮސްޕިޓަލުގައި އެނދުމަތި ވެސް ކޮށްފަ އެވެ.
ނަމަވެސް ބަލި ހާލަތު އެހެން ހުއްޓައި ވެސް އިއްޔެ އެނާ ވަނީ ވެޓިކަން ސިޓީގެ ސެއިންޓް ޕީޓާ ސްކުއާއަށް ގޮސް ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ ސަންޑޭގައި ބައިވެރިވެފަ އެވެ. ޕޯޕް ފްރާންސިސްއަކީ ފާއިތުވި 12 އަހަރު ވެސް ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ