ލ. އަތޮޅު ރިސޯޓެއްގެ އިސް މީހަކަށް ރިސޯޓުގައި ހަމަލާދީފި

ލ. އަތޮޅުގައި ހިންގާ ސިކްސް ސެންސަން ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާޓީން ވެން ވޭލްއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި މާރާމާރި ހިންގާފައިވާ ކަމަށެވެ.
ތަފްސީލް - އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ