ތައިލެންޑް ސަފީރަކަށް ފުއާދުގެ ނަން ހުށަހަޅުއްވައިފި ރިޔާސީ ދައުރު ފަށާ ދުވަސް ބަދަލުކުރުމަށް، ފެންނަ ނުފެންނަ ވޯޓެއް ނަގަނީ މާއަޅާފައި ވަނިކޮށް އަނބުގަސްތައް ކޮށާތީ ރައްޔިތުން ކަންބޮޑުވެއްޖެ ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި އި

2023 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދައުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓް އެސިސްޓެންސް އެންޑް ޓްރެއިނިނިގް (އޯ.ޕީ.ޑީ.އޭ.ޓީ) އިން މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި “ސައުތް އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް” ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން، ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފް ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައްކަމަށެވެ.
އެގޮތުން އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17 ދައުވާ ކޯޓަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190 ދައުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާކަމަށް އައްބަސް ޝަރީފް ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކުރި ދައުވާތަކާ އަޅާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއްކަމަށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.
“މިކަމުން ދައްކުވައިދެނީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިކަން ތަންފީޛްކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.” ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިތުރުން ނޭޕާލް، ސްރީ ލަންކާ، ބަނގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި، އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި އެކި ޤައުމުތުން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ