މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް މެނޭޖް ކުރުން: މެމްބަރު ފަޒާދު

މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ
ބަޖެޓް މެނޭޖް ކުރުން ކަމުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު
ވިދާޅުވެއްޖެއެވެ.
މެމްބަރު ފަޒާދު މިފަދައިން ވިދާޅުވީ ގާނޫނު
އަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭގޮތުން "އަސްލު ޓީވީ" ބާބު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2023 ގެ އިންތިހާބް އައިއިރު ކޮވިޑް ނުނިމޭކަން
ފާހަގަކުރައްވައި، މި ދުވަސްވަރުވެސް މާލިއްޔަތު ގާނޫނާއި ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ
ދަށުން ސަސްޕެންޑް ކުރެވިފައި ހުރި މާއްދާތައް ހަމަ އެގޮތުގައި އިންކަން ފާހަގަ ކޮށްފައިވެއެވެ. މެމްބަރު ވިދާޅުވީ ބޭނުން ވަރަކަށް ޗާޕު ކުރަމުންދިޔުމުގެ ސަބަބުން ދިވެހިރާއްޖޭގެ
އިގްތިސާދު ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިގެންދިޔުމަކީ މިއަދު ފެންނަން އޮތް
ހަގީގަތް ކަމަށެވެ.
މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބަޖެޓަކީ
ރައްޔިތުންނަށް ކަންތައްތަކެއް ކުރެވޭނެ ބަޖެޓެއް ކަމާއި ކޮށްދޭނެ ބަޖެޓެއްކަމަށް
ވިދާޅުވެ، ބަޖެޓުގެ 12 ބިލިއަން ރުފިޔާގެ ޚަރަދު އިނީ ޕަބްލިކް ސެކްޓަރ އިނވެސްޓްމަންޓް
ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީ
މަޝްރޫއުތަކަކީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި ޕްރޮޖެކްޓްތައް ކަން ވެސް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ
ކަންތައްތައް ވަކި އިންތިޒާމެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މަގުތައް ހެދުމާއި،ދީނީ ކަންތައްތަކާއި، ސްކޫލްތައް އެޅުމުގެ އިތުރުން
ގެދޮރުވެރިކަމުގެ ކަންތައްތައް ރައްޔިތުން ބޭނުންވާ ގޮތަށް ހާސިލްކޮށްދޭނެކަމަށްވެސް
މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މި ހުރިހާ ކަމަކަށްވެސް
އަންނަ އަހަރުގެ ބަޖެޓު ބޮޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ