އިޒްރާއިލުން ފާއިތުވި
24 ގަޑިއިރުތެރޭގައި ފަލަސްޠީނުގެ 352 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްޠީނުގެ
ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކަށް
ދިން ހަމަލާތަކުގައި 24 ގަޑިއިރުތެރޭގައި މިޢަދަދަށް މީހުން ޝަހީދު ވެފައިވާއިރު
އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ޣައްޒާގައި ކަރަންޓު ކެނޑުމާއި
ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރަށް އަޅާނެ ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ
ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާދެމުންދަނީ މޮބައިލް ފޯނުތަކުގެ ފްލެޝް
ލައިޓްތައް ބޭނުންކޮށްގެނެވެ.
Advertisement
ޣައްޒާގެ 7 ހޮސްޕިޓަލަކާއި
21 ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ވަނީ ޚިދްމަތް ނުދެވިގެން ހުއްޓާލަން
ޖެހިފައެވެ.
ހޮސްޕިޓަލްތަކާއި
ފަރުވާދޭ ތަންތަނުގެ ޙާލަތު މިހެން ހުރިއިރު އިޒްރާއިލްގެ އަނިޔާވެރި ޔަހޫދީން
ވަނީ ޣައްޒާގައި ހުންނަ އަލް ޤުދްސް ހޮސްޕިޓަލް ހުސްކުރުމަށް އަންގައިފައެވެ. އަލް
ޤުދްސް ހޮސްޕިޓަލުގައި 400 އެއްހާ މީހުން އޭރު ފަރުވާ ހޯދަމުންދިޔައިރު، ޣައްޒާގެ
ރައްޔިތުންގެ ތެރެއިން ގެދޮރު ގެއްލިފައިވާ 1200 އެއްހާ މީހުން ދިޔައީ ވަގުތީ ހިޔާގެ
ގޮތުގައި އެތަން ބޭނުން ކުރަމުންނެވެ.
އިޒްރާއިލްގެ ޔަހޫދީން އެހެން
އެންގި ނަމަވެސް އެހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދެމުންދިޔަ ފަލަސްޠީން
ރެޑް ކްރޮސެންޓުގެ ޑޮކްޓަރުން ނިންމެވީ އިޒްރާއިލުގެ އެންގުމަށް ބެލުމެއް ނެތި ފަރުވާދޭން
ޖެހޭ މީހުންގެ ފަރުވާ ތައް ކުރިއަށް ގެންދިޔުމަށެވެ.
ރޭވެސް އިޒްރާއިލުން ވަނީ
ޚާން ޔޫނިސްއަށްވެސް ބޮން އަޅައިފައެވެ. މީގެ އިތުރުން ސުޖައްޔާ ނެއިބަރހުޑާއި،
ނުސައިރަތް ކޭމްޕަށާއި އަލް ޤުދްސް ހޮސްޕިޓަލްގެ ކައިރި ހިސާބުތަކަށް ވެސް ވަނީ
ބޮންއަޅައިފައެވެ.
އިޒްރާއިލްގެ ޔަހޫދީން
މިހާރު ދަނީ އިންޒާރު ދިނުމެއްނެތި ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ގެތަކަށް
އެއްވެސް ހަމައެއް ނެތި ބޮމުގެ ހަމަލާތައް ދެމުންކަމަށް ބައިނަލް އަޤްވާމީ ބައެއް
މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ފާއިތުވި 24 ގަޑިއިރުތެރޭ 352 މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ