ޕެންޝަން ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާއިރު ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން ނިންމައިފި އެވެ.
ގަލޮޅު ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަން ހާމަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ޕެންޝަން ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.
އެގޮތުން ބައެއް ހާލަތުގައި އެއްކޮށް ފައިސާ ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ދިގު މުއްދަތަށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށް އެ ފައިސާ އެއްކޮށް ނެގޭގޮތް ހަދަން ނިންމާފައިވާ ކަމަށް ވިދާޅުބވި އެވެ.
"މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންކަން ހިމެނުން," ރައީސް ވިދާޅުވި އެވެ.
ޕެންޝަންގެ ގާނޫނު މިހާރު އޮތްގޮތުން ޕެންޝަން ފައިސާ ބޭނުން ކުރެވޭން އޮތް ގޮތްތަކާމެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. އެ ޝަކުވާ ކުރީގެ ވެރީންނަށްވެސް ރައްޔިތުން ހުށައަޅާފައިވެ އެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ