ޣައްޒާގައި، ފާއިތުވި ސައްވިސް ގަޑިއިރުތެރޭ 700 މީހުން ޝަހީދު ކޮށްލައިފިައިވޭ

ފަލަސްޠީނުގެ ޣައްޒާގައި، ފާއިތުވި 24 ގަޑިއިރުތެރޭގައި 700 މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށް ޣައްޒާގެ ރަސްމީ މީޑިއާ އޮފީހާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.
7 ދުވަހުގެ މެދުކެނޑުމަކަށް ފަހު އިޒްރާއިލުން ޣައްޒާއަށް ހަމަލާދޭން ފަށައިފައިވާއިރު އިޒްރާއިލުން ދަނީ ވަރުގަދަ ބޮމުގެ ހަމަލާތައް ޣައްޒާގެ އާންމުންގެ ގޭގެއަށް ހަމަލާތައް ދެމުންނެވެ.
ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރާތެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
އަލްޖަޒީރާ އާއި ވާހަކަ ދެއްކި ޔުނިސްފްގެ ގްލޯބަލް ސްޕޯކްސްޕާސަން ޖޭމްސް އެލްޑަރ ޚާންޔޫނިސްގެ އަލް ނައްސިރް ހޮސްޕިޓަލްގައި ހުރެގެން ވަނީ އެތަނުގެ ޙާލަތު ކިޔައިދީފައެވެ.
“ކޮންމެ ދިމާއަކަށް އެނބުރުނަސް ފެންނަނީ ކުޑަކުދިން، ތަރޑް ޑިގްރީ ބަރނިންގ” ގައި، ވަޒަން ހެރިގެން ޒަޚަމްވެފައި، ސިކުނޑީގެ ގެއްލުންވެފައި، ބިންދައިގެން ގޮސްފައިވާ ކަށިތަކާއި އެކު، މަރާއި ގާތްވެފައި ތިބި ކުދިން ޒަޚަމް ތަކާއި އެކު ވާތަން ބަލަން އެކުދިންގެ މައިން ތިބޭއިރު މިތަން ސިފަވަނީ މަރުގެ ޒޯން އެއްގެ ގޮތުގައި” 
ޖޭމްސް ބުނެފައިވެއެވެ.
ހަމަލާތަކުގައި ޝަހީދުވާ ކުދިންނާއި ޒަޚަމްތަކުގެ ސަބަބުން ޝަހީދުވާ ކުދިންގެ އިތުރުން ނުރައްކާތެރި ބަލި މަޑު ކަމެއް ފެތުރި ގިނަ ކުދިން ތަކެއް މަރުވެދާނެ ކަމުގެ ބިރު މިހާރު ވަނީ ފެތުރިފައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ޖޭމްސް އަލްޖަޒީރާއަށް ބުނެފައިވަނީ އެތައް ކުޑަކުދިންނެއް ފެން މަދުވެ ފެނައް ޖެހިގެން ނުވަތަ ސާފުތާހިރު ވެވޭނެ ރައްކާތެރި ގޮތެއް ނެތިގެން މަރުވެދާނެ ކަމުގެ ބިރުވެސް މިހާރު ވަނީ ހީވެފައި ކަމަށެވެ.
އިޒްރާއިލުން ޣައްޒާ އަށް އޮކްޓޫބަރު 7ގައި ދޭން ފެށި ހަމަލާތަކުގައި 6000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ކުޑަކުއްޖަކު ވަނީ ޔަތީމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ