އީވާގެ ސަލާމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް

މިއަދުގެ ޖަލްސާ ކެންސަލް ކުރުމާއެކު މައްސަލަ ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށާއި، މެންދުުރު ކުރިން މައްސަލަ ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް އެ މައްސަލަ އެ ކޯޓަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.
ނަޝީދުގެ މައްސަލަ މިއަދު އެޖެންޑާކޮށްފައި ވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުއްވާފަ އެވެ. އީވާ ސަލާން ފޮނުއްވާފައި ވަނީ ޑެންގޫ ހުމަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެ އެވެ.  އެމްޑީޕީގެ، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާން ފޮނުއްވުމާ ގުޅިގެން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި، މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓް އަމުރެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.މިއަދުގެ ޖަލްސާ ކެންސަލް ކުރުމާއެކު މައްސަލަ ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށާއި މިއަދު މެންދުުރު ކުރިން މައްސަލަ ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.އެމްޑީޕީ ޕީޖީ ގުރޫޕުން ދެކޭ ގޮތުގައި އީވާ ނެތަސް މައްސަލަ ކުރިއަށް ގެންދެވޭނެ އެވެ. އެއީ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ހާލަތެއް އައިސްފިނަމަ ކަން ކުރާނެ ގޮތް ބަޔާންކޮށްފައި ވާތީ ކަމަށް ބުނެފައިވެ އެވެ. ބިގޭ ވިދާޅުވީ އެކަން އަމީން އާންމުގެ އަރިހުގައި ދެންނެވުމުން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.އޭނާ ވިދާޅުވީ މި މައްސަލަ ކުރިއަށް ނުގެންދަން މަސައްކަތް ކުރައްވަމުން ގެންދަވަނީ އީވާ އަދި ނަޝީދު ގުޅިގެން ކަމަށެވެ. މިއަދުގެ ޖަލްސާ ކެންސަލް ކުރި ނަމަވެސް މާދަމާއަށް ވެސް މި މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅީ އޮކްޓޯބަރު ނުވަ ވަނަ ދުވަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ