ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ބީއެމްއެލްއިން ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލްއިން މިއަދު ފެށި އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 15،000ރ. ގެ ގިފްޓު ކާޑެކެވެ. ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެ އިނާމު ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ ކަސްޓަމަރެއް ގުރުއަތުން ހޮވާނެއެވެ. އޭގެ ތެރެއިން 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 750ރ. ގެ ގިފްޓް ކާޑެއް ދޭން ނިންމާފައިވާއިރު 500 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.
އޭގެއިތުރަށް 1،000 ޑޮލަރުން މަތީގެ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3،500ރ. ގެ ގިފްޓް ކާޑެއް ވެސް ކޮންމެ ހަފްތާއަކު ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ