ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އެ ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.
އެ މައްސަލަ ބެއްލެވީ ސުއޫދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުމުގައި ޔާމީންގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނާއި ޕީޕީއެމްގެ ވަކީލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރު ތަފްސީލް އަންނަނީ….
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ