ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ "ކްރިއޭޓޯލް" ޓެސްޓްކުރަން ހުޅުވާލައިފި

ވީއެމްސީން ބުނިގޮތުގައި ވޭތުވެދިޔަ މަހުގެ ތެރޭގައި މި ޕްލެޓްފޯމް ވަނީ ވަކި ޚާއްޞަ ކްރިއޭޓަރުންތަކަކަށް ހުޅުވާލައިގެން ޕްރައިވެޓްކޮށް ޓެސްޓްކުރަން ފަށާފައެވެ.
މި ޕްލެޓްފޯމް އެންމެހާ ފަރާތްތަކަށް ހުޅުވާލުމުގެ ކުރިން ބާއްވާ މި "ޕަބްލިކް ބީޓާ" މަރުޙަލާގައި ބައިވެރިވުމަށް ވީ.އެމް.ސީ އިން ދަނީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި، ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަޞްލަޙަތުވެރިންނަށް ދަޢުވަތު އަރުވަމުންނެވެ. މި މަރުޙަލާގައި ބޭނުންކުރާ ފަރާތްތަކުން ލިބޭ ޚިޔާލުތަކަކީ ޕްލެޓްފޯމް ރަސްމީކޮށް ނެރުމުގެ ކުރިން އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރުމަށް ލިބޭނެ މުހިންމު ބާރެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ