"ފިލައިގެން" އުޅޭ ނައިޖީރިއާ މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި
ފިލައިގެން އުޅޭކަމަށް ބުނެ ބިދޭސީއަކު ހޯދުމަށް އިމިގްރޭޝަނުން މިއަދު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އިމިގްރޭޝަނުން ހޯދަނީ، ނައިޖީރިއާއަށް ނިސްބަތްވާ 32 އަހަރުގެ ކެލްވިން އޮޑިރާ އަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކުރި ސަބަބެއް، ހާމަކޮށްފައެއް ނުވެއެވެ. އިމިގްރޭޝަނުން ވަނީ، އޭނާއާ ބެހޭ މައުލޫމާތެއް އެނގޭ މީހަކު 9199017އަށް ގުޅައިގެން ނުވަތަ މެއިލް ކުރުމަށް އެދިފައެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މާރިޗު މަހުގެ ކުރީކޮޅު ފިލައިގެން އުޅޭ ދެ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކުރިއެވެ. އެ ފަހަރު އިއުލާނުކުރީ، ބަންގްލަދޭޝަށް ބަޔަކު ކަމަށްވާއިރު، އޭގެތެރެއިން އެކަކު ހޯދުމަށް އޭގެ ދެމަސް ކުރިން ވެސް އިއުލާނުކުރިއެވެ. https://sun.mv/218874 ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބިދޭސީން ހިއްސާކުރާއިރު، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ