އަންނަ އަހަރުގެ އެޕްރީލް މަނުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީ ކައުންސިލްތަކުގެ ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަން (އީސ)) ދީފައިވާ ނަންތަކަށް ހިޔާލް ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވައިލައިފިއެވެ.
އީސީން ވަނީ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭގޮތުން އެއްވެސް ހިޔާލެއް އޮތްނަމަ، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމަށް އަންގާފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިޓީ، އީމެއިލް (info@elections.gov.mv) ނުވަތަ ކޮމިޝަނުގެ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.
https://twitter.com/ElectionsMv/status/1210161766300188678?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1210161766300188678&ref_url=https%3A%2F%2Fwww.addulive.com%2F171355
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި އަންހެނުންނަށް ހާއްސަވާ ދާއިރާތައް ކަނޑައަޅާފައި ވަނީ ދާއިރާތަކަށް ނަން ދިނުމުގެ ބަދަލުގައި އެ ދާއިރާއަކަށް ނަމްބަރެއް ދީފަ އެވެ.
ސިޓީ ކައުންސިލްތަކުގައި އަންހެން މެމްބަރުން އެކަނި ވާދަކުރާނޭ ދާއިރާތައް ކަނޑައެޅުމަށް ބާ ޖަމާލުއްދީންގައި ބޭއްވި ގުރުއަތުލުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންގެ ހާޒިރުގައެވެ. މާލެ ސިޓީގައި 18 ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުނަށް ޚާއްސަކުރުމުން 6 ދާއިރާއެއް އަންހެނުނަށް އެކަނި ކުރިމަތިލުމަށް ކަނޑައަޅަންޖެހެއެވެ.
މާލެއިން އަންހެނުންނަށް ހާއްސަ ދާއިރާތައް
ހެންވޭރުގެ ބައެއް – 4، 2މައްޗަންގޮޅީގެ ބައެއް – 9މާފަންނުގެ ބައެއް – 12، 14ވިލިމާލެ – 18
އައްޑޫއިން އަންހެނުންނަށް ހާއްސަ ދާއިރާތައް
ހިތަދޫގެ ބައެއް – 3ފޭދޫގެ ބައެއް – 6ހުޅުދޫގެ ބައެއް – 18މީދޫގެ ބައެއް – 12
ފުވަމުލަކުން އަންހެނުންނަށް ހާއްސަ ދާއިރާތައް
ދަޑިމަގާއި ދިގުވާނޑުގެ ބައެއް – 1ފުނާޑުގެ ބައެއް – 4
އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
ސިޓީތަކުގެ އިންތިހާބީ ދާއިރާގެ ނަންތަކަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ