ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދާ އަޅިއަށް!

ހުޅުމާލެ ކައިރީގައި އޮތް އެމްޕެރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.އެ ސަފާރީގައި ވަރަށް ބޮޑަށް ރޯވި އަނދަމުން ދިޔައިރު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނާއި މެރިން ފުލުހުންވެސް ދަނީ އެ ސަރަހައްްދުގައި ހަރަކާތްތެރިވަމުންނެވެ.  މި ހާދިސާގައި ސަފާރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުންނާއި ސިފައިން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.އެ ހާދިސާ ހިނގި ގޮތެއް ސާފެއް ނޫނެވެ. އަދި ހާދިސާ ހިނގިއިރު އޭގައި ބަޔަކު ތިބިކަން ވެސް އަދި ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ