ސުޕްރީމް ކޯޓްކައިރީގައި ހަމަނުޖެހުމެއް ހިނގާ 2 މީހަކު ހައްޔަރުކޮށްފި

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ކުރިއަށްދާތީ އެސަރަހައްދަށް އެއްވި މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފި އެވެ.
އެސަރަހައްދުގައި ހުރި ވީނިއުސްގެ ރިޕޯޓަރު ބުނީ ސުޕްރީމްކޯޓް ކައިރީގައި ހަމަނުޖެހުން ހިނގާ 2 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ.
ހަމަނުޖެހުން ހިނގަން މެދުވެރިވީ އެސަރަހައްދަށް އެއްވެފައިވާ މީހުން ފަހަތަށް ޖެެއްސުމަށް ފުލުހުން މަސައްކަތް ކުރުމުންނެވެ. ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުންނެވެ.
ސުޕްރީމް ކޯޓް ކައިރިއަށް އެއްވެފައިވަނީ ހުމާމްގެ އާއިލާގެ މީހުންނާއި، އޭނާގެ ބައެއް އެކުވެރިންނެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައިގެ ތަހުޤީޤު ފުރިހަމަނުވަނީސް އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހ ލޮބީ ހުސައިން ހުމާމްގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް، ތަންފީޒުކުުރުމަށް މިވަގުތަށް ބޭނުންނުވާ ކަމަށް ޑރ. އަފްރާޝީމްގެ ވާރިސުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ