މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖަޒީރާ ޤައުމުތައް ތައްޔާރު - މައުމޫން

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުދި ޖަޒީރާ ޤައުމުތަކުން މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށް ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން އެ މައްސަލަ ހައްލު ކުރަން އިސް ނަގަން ފަސްޖެހޭނަމަ ކުދި ޖަޒީރާ ގައުމުތަކަށް އެކަމުގައި އިސް ނެގުމަށް ފުރުސަތު ދެއްވާ. ކުދި ޖަޒީރާ ގައުމުތައް އޮތީ އެކަމަށް ތައްޔާރަށް. އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާ." މައުމޫން ވިދާޅުވި އެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކުދި ޖަޒީރާ ގައުމުތަކުގެ ސަމިޓްގައި ރާއްޖެ ތަމްސީލްކުރައްވާ އެންމެ އިސްވެރިއެއްގެ ހައިސިޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތައް ރައްކާތެރި ކުރުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ.އެހެންނަމަވެސް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، ޖަޒީރާ ޤައުމުތަކުން ދެކެމުން އަންނަ ހުވަފެންތައް ވެސް ޙަޤީޤަތަކަށް ހެދި ދާނެ ކަމަށެވެ.
ނަމަވެސް މިފަދަ ކަންކަމަށް ބޭނުންވަނީ އެހީއަށް ވުރެ ބޮޑަށް، ކުރިއަށް ދާނެ ފުރުސަތު ތަކެއް ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
" ޤައުމެއް ތަރައްޤީކޮށް އެޤައުމެއްގެ ކުރިމަގު ބައްޓަން ކުރަން ކުރިމަތިވެފައިވާ ހަމައެކަނި ގޮންޖެހުމަކީ ޤައުމުގެ ސައިޒެއް ނޫން" މައުމޫން ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަ ތަކުގެ ސަބަބުން ރާއްޖޭގެ އީކޯސިސްޓަމަށް ނުރައްކާ ވެފައިވާކަމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ތިމާވެށި ހަލާކުވަމުން ދާކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ އެއްބާރުލުން ނުލިބުމުގެ ނަތީޖާކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، މައުމޫން ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށްވެސް ކަންކަމުގައި އިސްނަގައި އުޅުމުގެ ޤާބިލުކަން ލިބިފައިވާކަމަށެވެ. ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސް ވަމުންދާ ދިއުން ދުނިޔޭގެ ސަމާލުކަށް ގެނެސް އދ ހޭލައްވާލީ މިކުޑަ ކުޑަ ރާއްޖެއިން ކަންވެސް މައުމޫނު ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ