ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް މައުމޫނު އަބުދުލް ގައްޔޫމައި މިރޭ ބައްދަލު ކުރައްވައިފިއެވެ. ނުވައެއް ޖެހި އިރުން ފެށިގެން ގަޑިއެއްހާ އިރަށް ދިގު ދެމިގެން ދިޔަ މިބައްދަލުވުން އޮތީ މުލިއާގޭގައެވެ.
މިބައްދަލުވުމާއި ބެހޭ ގޮތުން ރައީސް ވަހީދުގެ ފަރާތްޕުޅުން ވެސް އަދި ރައީސް މައުމޫނުގެ ފަރާތްޕުޅުން ވެސް އެއްވެސް އެއްޗެއް އަދި ހާމަ ކުރައްވާފައެއް ނުވެއެވެ. ރައީސް ވަހީދާއި ރައީސް މައުމޫނު ބައްދަލު ކުރައްވާފައިވާ އިރު ޕީޕިއެމައި ރައީސް ވަހީދާއި ދެމެދުވަނީ މައްސަލަތަކެއް ޖެހިފައެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށްފަހު ޕްރައިމަރީއަށާއި ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށް ފާޑު ވިދާޅުވަމުން ގެންދަވާ އުމަރު ނަސީރާއި ރައީސް ވަހީދުވަނީ މީގެ ކުރިން އެއްފަހަރަށް ވުރެ ގިނަ ފަހަރު ބައްދަލު ކުރައްވާފައެވެ.
އުމަރުވަނީ ފުޅާ ކޯލިޝަނެއް ހެދުމަށް ރައީސް ވަހީދާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަހީދާއި ރައީސް މައުމޫނު ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ