ވަކި މީހަކު ނެތުމަކީ ޕާޓީ ބައިބައިވެ ޕާޓީ ހީނަރުވާނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ އިސް ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު މީޑިއާތަކާއި ބައްދަލު ކުރައްވާ އުމަރުގެ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމަކީ ވަކި މީހަކު އުފެއްދި ޕާޓީއެއް ކަމަށް ނުބުނެވޭނެ ކަމަށާއި އެކަން ކޮށްފައިވަނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އަދި އެމަސައްކަތުގައި ބައިވެރިވި ބައެއް މީހުން އެބަ ތިއްބެވި ކަމަށް ޔާމީނަށް އިޝާރާތް ކުރައްވާ ރައީސް މައުމޫނު ވިދާޅުވިއެވެ. އެހެން ކަމުން އެކަމުގެ 'ކްރެޑިޓް" ވަކި މީހަކު ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕާށޓީގައި ތިބޭނަމަ ޕާޓީގެ އަސާސީ ގަވާއިދަށާއި އުސޫލުތަކަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ޕާޓީ ދޫކޮށް ދިއުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް އެބަ އޮތް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މީގެ ކުރިން ވެސް އެޕާޓީން މެމްބަރުން އެހެން ޕާޓީތަކަށް ގޮސްފައިވާ ކަމަށާއި ތަފާތު އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅައިގެން އެހެން ޕާޓީތަކަށް މެމްބަރުން ގެންދަމުން ވެސްދާ ކަމަށެވެ.
އުމަރާއި ބެހޭ ގޮތުން އެއްޗެއް ދެންނެވުމަށް ސުވާލު ކުރުމުން ރައީސް މައުމޫނު ވިދާޅުވީ އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލަން ފަށާފައިވާ ކަމަށާއި އެކަމާ މެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.
ވަކި މީހަކު ނެތުމަކީ ޕާޓީ ހީނަރުވެ ބައިބައިވާނެ ކަމެއް ނޫން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ