މިސްކިތްތަކެއް އަޅަން އުޅުމުން މައުމޫނު ސަރުކާރުން ހުރަސްއެޅި: ގާސިމް

ރާއްޖޭގައި ފަސް މިސްކިތެއް އެޅުމަށް ވިލާގްރޫޕްގެ ފަރާތުން ރައީސް މައުމޫނުގެ ވެރިކަމުގައި އުޅުމުން ރައީސް މައުމޫނުގެ ސަރުކާރުން އެކަމަށް ހުރަސްއެޅިކަމަށް ވިލާ ގްރޫޕްގެ ޗެއަރ މަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ރޭ ހއ ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މައުމޫނުގެ ސަރުކާރުގައި ވިލާއިން ރައްޔިތުންނަށް ވަމުންދިޔަ އެތައް އެހީއަކަށް ހުރަސްއަޅާފައިވާކަމުގައެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިސްކިތް އަޅަން އުޅުމުން ބިންވެސް ދޫނުކޮށް އެކަމަށް ހުރަސް އަޅާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ކިޔަވާކުދިންނަށް ހަދިޔާ ކުރުމަށް ރާއްޖެ އެތެރެކުރި ސާމާނުތަކެއްވެސް މައުމޫނުގެ ސަރުކާރުގައި ބަލައި ނުގަތް ކަމުގައެވެ. އެހެންކަމުން އެތަކެތި އަވަށް ޓެރި ސްރީލަންކާއަށް ފޮނުވައިލެއްވިކަމަށާއި ސްރީލަންކާ ސަރުކާރުން އެކަމަށް ޝުކުރު އަދާކުރިކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ވިލާ ގްރޫޕުން ރާއްޖޭގެ ރައްޔިތުންނަށް ވަމުން ގެންދިޔަ އެހީތަކަށް ހުރަސްއަޅާފައިވަނީ ގާސިމްގެ މަގުބޫލުކަން ރައްޔިތުންގެ ތެރޭގައި އިތިރުވަމުން ދިއުމުގެ ސަބަބުންކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ