ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ބޭރު ބަޔަކާއި ހަވާލު ނުކޮށް، އެފަދަ އެއާޕޯޓަކުން ލިބެންޖެހޭ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭ ފަދަ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީން މިރޭ ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އޮތް ސަރަހައްދުގެ ގޮތުން އެ އެއާޕޯޓަކީ ރާއްޖޭގެ އެހެން ހުރިހާ އެއާޕޯޓަކަށް ވުރެ މުހިއްމު އެއާޕޯޓެއް ކަމަށާއި ހަނިމާދޫ އެއާޕޯޓް ތަރައްގީ ވުމަކީ މުޅި އެސަރަހައްދުގައި ޓޫރިޒަމް ފުޅާވެ، ތަރައްޤީވެގެން ދިއުމަށް ހުޅުވޭ ވަރަށް ރަގަޅު ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ އެ އެއާޕޯޓް ޒަމާނީ ފެންވަރަކަށް ތަރައްޤީވުމުން އިންވެސްޓަރުން ފަސްޖެހުމެއް ނެތި އުތުރުގައި އިންވެސްޓް ކުރަން ފާނެ ކަމަށާ، އޭރުން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވުމުން މި ސަރަހައްދުގެ ފަތުރުވެރިކަމާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާ ނުކިޔޭ މިންވަރަށް އުތުރުގެ ޓޫރިޒަމް ތަރައްޤީ ވެގެންދާނެ،" ގާސިމް ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވެރިޔަކު އިންތިހާބު ކުރާއިރު ރައްޔިތުން "ގޯސް ނުހެދުމަށް" ގާސިމް ކުރައްވާ އިލްތިމާސް ތަކުރާރު ކުރައްވާ ގާސިމް ވިދާޅުވީ "ހިޔާނާތްތެރިންނާއި ރައްޔިތުންނަށް އޮޅުވާލި މީހުންނަށް ފުރުސަތު ނުދިނުމަށް" އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ރަށްރަށުގައި އިންތިހާބު ކޮށްފައިވާ ބައެއް ރަށު ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުން ސިޔާސީ ފިކުރުގައި ތިއްބަވައިގެން ކުރައްވަމުން ގެންދަވާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ތަފާތު ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތިއްބަވާ ބޭފުޅުން ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ބޭރު ބަޔަކަށް ނުދީ ހަނިމާދޫ އެއާޕޯޓް މަތީ ފެންވަރުގައި ތަރައްގީ ކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ