ނޮވެލްޓީގެ 20،000 ޑޮލަރުގެ އިނާމު ދެ އަހަރު ނުވާ ކުޑަކުއްޖަކަށް ލިބިއްޖެ

ނޮވެލްޓީ ބުކްޝޮޕުން މިއަހަރު ބޭއްވި ބުކް ފެއާގެ އިނާމަކަށް ހުށަޅާފައިވާ އަގު ބޮޑު އިނާމު ރ. މާކުރަތު ކުއްޖެއް ކަމަށްވާ ދެ އަހަރު ނުފުރޭ މިރްޒާ އަށް ލިބިއްޖެ އެވެ. މިކަމުގެ ތަފްސީލު މިރޭ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. "ނޮވެލްޓީ ބުކްސް އެންޑް ސްޓޭޝަނަރީ ފެއާ 2012" ގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 20،000 ޑޮލަރެވެ. މި ފެއާގައި ކުރި ކޮންމެ 10ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައި ވާއިރު، މި ފަހަރުގެ ފެއާ އަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ބުކްޝޮޕުން ބުނެ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބުކް ފެއާ ކަމަށްވާ ނޮވެލްޓީ ބުކް ފެއާ މިއަހަރު އޮތީ މިދިޔަ މަހުގެ 1-12ގެ ނިޔަލަށް ދަރުބާރުގޭގަ އެވެ. ނޮވެލްޓީން ބުނީ މި ބުކް ފެއާގެ ކޫޕަންލުމުގެ ފުރުސަތު މިދިޔަ މަހުގެ 31ގެ ނިޔަލަށް ހަމަވިއިރު، މިފަހަރު ބައި ލައްކައަށް ވުރެ ގިނަ މީހުން ފެއާ އަށް ޒިޔާރަތްކުރި ކަމަށެވެ. ނޮވެލްޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބުކް ފެއާގެ 2010 ވަނަ އަހަރުގެ އިނާމަކަށް ހުށަހެޅި ތިން ލައްކަ ރުފިޔާ ލިބުނީ ހ. ލާޖް ވަރުދީ މަސްތޫގު އަލީ ސޯދިގަށެވެ. އަދި މިދިޔަ އަހަރުގެ އިނާމު ލިބިފައިވަނީ އުމުރުން އަށް އަހަރުގެ އަހުމަދު ރިޝާން ރިޒާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ