ގަމުގައި މީހަކު މަރާލިކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

މިދިޔަ މާޗް މަހުގެ ތެރޭގައި ލ. ގަމު ގެއެއްގައި ނިދާފައި އޮއްވާ ތޫނު އެއްޗެހިން ހަމަލާދީ އެރަށު، ތުނޑީ. އަސުރުމާގޭ މުހައްމަދު ހަސަން މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. ހައި ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ އެ މައްސަލައިގައި ހައްޔަރުކުރި އެރަށު ވިދާތަރި އަހުމަދު ނިޔާޒްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 15 ދުވަހަށް އިތުރު ކުރުމުން އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ނިޔާޒްގެ އިތުރުން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ތިން މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ. މިހާރު ބަންދުގައި ހުރީ ނިޔާޒް އެކަންޏެވެ. މުހައްމަދު ހަސަން މަރުވެފައިވަނީ އެ ހަމަލާގައި އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޖީއެމްއެޗްގަ އެވެ. އޭނާ މަރުވީ ހަމަލާދިންތާ ދެވަނަ އަށް ވީ ދުވަހުގެ ރޭ އައިސީޔޫގައި އޮއްވަ އެވެ. އެ ހަމަލާގައި އޭނާގެ ބޮލުން ހަތަރު އިންޗި ހުންނަ ވަރު ތަނެއް ފަޅައިގެން ގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ