ޕެންޝަން ފަންޑުން ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލު، ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމަށް ނިންމި މައްސަލައިގައި، އެ އޮފީހުގެ އެގްޒެކެޓިވް އަދި ސީނިއާ މެނޭޖުމަންޓު ފަންތީގެ ތިން މުވައްޒަފަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ތެރޭގައި ޗީފް ލީގަލް އޮފިސަރާއި، އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރުގެ އިތުރުން ހެޑް އޮފް އިންވެސްޓްމަންޓް ހިމެނެއެވެ.
ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރާ މައްސަލައިގައި، އެ އޮފީހުގެ އިސް ފަސް މުވައްޒަފަކު މިހާތަނަށް ވަނީ އިސްތިއުފާ ދީފަ. ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ހިންގާ މި މުއާމަލާތަކީ ފަންޑަށް ފައިދާވާނެ ކަމެއް ކަމަށް ޕެންޝަން އޮފީހުން ބުނި ނަމަވެސް، މިއީ މީގެ ކުރިން ރާއްޖޭގައި ހިންގާފައިނުވާ ބާވަތުގެ އިންވެސްޓުމަންޓެއް.
ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓުގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދާއި މެނޭޖުމަންޓް ލެވެލްގެ އިތުރު މުވައްޒަފަކު އިސްތިއުފާ ދެއްވާފައިވަނީ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓު މުއާމަލާތް ހިންގުމަށް ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަންނަން އުޅޭ މައްސަލައިގައި އެ އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓް ހައިފާ އަހުމަދާއި އިތުރު މުވައްޒަފަކު މިއަދު ވަނީ އިސްތިއުފާ ދީފަ. އިގުތިސޯދަށް ނުރަނގަޅު އަސަރުކޮށްފާނެ ކަމަށް ބެލެވޭ މި މުއާމަލާތާ ގުޅިގެން މީގެ ކުރިންވެސް އެ އޮފީހުގެ އިސް މުވައްޒަފުންތަކެއް އިސްތިއުފާ ދީފައިވޭ.
ފަންނީ މާހިރުންނާއި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޕެންޝަން ފަންޑުގެ ޓީ-ބިލުތައް ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތް ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ޕެންޝަން އޮފީހުން ވަނީ ނިންމާފައެވެ. މި މުއާމަލާތުގެ ދަށުން 2.4 ބިލިއަން ރުފިޔާ "ޗާޕުކޮށްފައިވާ" ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކޮށް، ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު ސަރުކާރުގެ ހަރަދުތަކަށް އެ ފައިސާ މިއަދު ވަނީ ނަގާފަ. އިގުތިސޯދީ މާހިރުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރި ނަމަވެސް، ސަރުކާރާއި ޕެންޝަން އޮފީހުން ބުނަނީ މިއީ ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށް.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަނުކުރި ނިޔާޒު ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ބޯޑު މެންބަރުކަމުން އަހުމަދު ނިޔާޒު މިއަދު ވަކިކޮށްފިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަނުކުރި ނިޔާޒު ވަކިކުރި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ވަކިކުރަމުންދާއިރު، އުތުރުގެ ރަށެއްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން ފެށުމާއެކު، ފެނަކައިގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެ ކުންފުނިން ވަނީ އަންގާފައި. މި މުވައްޒަފު އަމިއްލައަށް ވަކިވާން އެންގީ މާލެ އޮފީހަށް ބަދަލުވާން އެދުމުން ޖާގަ ނެތް ކަމަށް ބުނެ.
ޅ. ކުރެންދޫ ފެނަކަ ބްރާންޗުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، އެތަނުގައި މަސައްކަތްކުރި މެނޭޖަރަކު ސްޓެލްކޯގެ ވަޒީފާއަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ ތެރެއިން، ޅ. ކުރެންދޫ ފެނަކަ ބްރާންޗުގެ މެނޭޖަރު ސްޓެލްކޯގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރިތާ 24 ގަޑިއިރު ނުވަނީސް ވަޒީފާއިން ވަނީ ވަކިކޮށްފައި. ސްޓެލްކޯއިން ބުނެފައިވަނީ އޭނާ ވަކިކުރީ މުވައްޒަފުން ނެގުމަށް ކުރިއަށްގެންދިޔަ ސްކްރީނިންގް މަރުހަލާއިން ފާސްނުވުމުން ކަމަށް.
ކުރެންދޫ ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުމާ ގުޅިގެން އެ ރަށުގައި ވަނީ މުޒާހަރާކުރަން ފަށާފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ މުވައްޒަފުން ވަކިކުރީ އެ ކުންފުނީގެ ސްކްރީނިންގ މަރުހަލާއިން ފާސްނުވުމުން ކަމަށެވެ.
ޅ. ކުރެންދޫ ފެނަކަ ބްރާންޗުގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމާ ގުޅިގެން، އެ ކުންފުނީގެ ސްކްރީނިންގް މަރުހަލާއިން ފާސްނުވި ފަސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން އެރަށުގައި މުޒާހަރާކުރަން ފަށައިފިއެވެ. ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަމުންދާއިރު، މި ނިންމުންތަކުގައި ސިޔާސީ ފިކުރަށް ބަލާކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.
މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުންތެރިން ގައުމީ ޓީމުތަކަށް ދޫކުރުމުން ދޭ "ކްލަބް ބެނިފިޓްސް ޕްރޮގްރާމް" ގެ ދަށުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކްލަބަކަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ވެއްޖެއެވެ.
ފީފާގެ ކްލަބް ބެނިފިޓްސް ޕްރޮގްރާމްގެ ދަށުން މިފަހަރުގެ ވޯލްޑް ކަޕުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ކްލަބަކަށް މެންޗެސްޓާ ސިޓީ ހޮވިފައިވާއިރު، އެ ކްލަބަށް 4.4 މިލިއަން ޑޮލަރު ލިބޭނެ. މިއީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރާ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފީފާއިން ހިންގާ ޕްރޮގްރާމެއް.
ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފެން ބޯންޖެހޭ ވަގުތުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ޞިއްޙީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.
ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ އިށީނދެ އިނދެ، މަޑުމަޑުން ތާފަނާ ފެން ބުއިމެވެ. ހާއްސަކޮށް ހެނދުނު ހޭލައިގެންނާއި، ކެއުމުގެ ކުރިން އަދި ފަހުން ވަކި ވަގުތުތަކެއްގައި ފެން ބުއިމަކީ މެޓަބޮލިޒަމް ރަނގަޅުކޮށް ހަޖަމުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެއިތުރުން ކަސްރަތު ކުރުމާއި ނިދުމުގެ ކުރިން ފެން ބުއިމަކީ ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް މުހިންމު ކަމެކެވެ.
ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސް ހޮޓަލުން ކުރިއަށް އޮތް ސްކޫލް ޗުއްޓީއަށް ޚާއްޞަކޮށްގެން ދިވެހިންނަށް ހެޔޮ އަގުގެ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.
މި ޕެކޭޖުތަކުގެ ދަށުން އެ ހޮޓަލުގެ އާ ރެސްޓޯރަންޓުން ތަފާތު ގައުމުތަކުގެ މީރު ކެއުންތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ
ހުލާސާކޮށް އިއްޔެ: ޕެންޝަން އޮފީހުގެ އިސްވެރިންގެ އިސްތިއުފާ އާއި "ފައިސާ ޗާޕްކުރުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ