އޭދަފުށީގެ ކަރަންޓު ވިއުގާ އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީއިން ހިންގާ “އެރައިސް ޕްރޮޖެކްޓް”ގެ ދަށުން އޭދަފުށީގެ ކަރަންޓު ވިއުގާ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެެވެ.
މި މަޝްރޫއު ނިމުމުން، މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ކޭބަލް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް އެންވަޔަރން މަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓް ނެޓްވޯކް ފުޅާ ކުރެވޭނެ ކަމަށެވެ.
އޭދަފުށި ހިމެނޭ ގޮތަށް އިތުރު 14 ރަށެއްގެ ކަރަންޓް ވިއުގާ އަޕްގްރޭޑު ކޮށްދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން އިއުލާނު ކޮށްފައިވެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ