ޝެއީހް އިމްރާނާއި މަދަނީ އިއްތިހާދުގެ ރައީސް އަބްދުﷲ ފުލުހަށް ހާޒިރު ކުރަނީ

ޝެއިހް އިމްރާން އާއި އަބްދުﷲ ޝެއީހް އިމްރާނާއި މަދަނީ އިއްތިހާދުގެ ރައީސް އަބްދުﷲ ފުލުހަށް ހާޒިރު ވާން ޗިޓް ލިބިފައިވާކަމަށް އެބޭފުޅުން ހާމަކޮށްފިއެވެ. މިމަހު 23 ގައި ބާއްވާ ބޮޑު މުޒާހަރާގައި އެންމެ އިސްކޮށް އުޅުއްވާ ދެބޭފުޅުން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ބޮޑު މުޒާހަރާއާއި ގުޅިގެންކަމަަށް ޚަބަރު ލިބެއެވެ. މީޑިއާގައި އަބްދުﷲ ހާމަކޮށްފައިވާ ގޮތުގައި  މިއަދު 1 ޖަހާއިރު ފުލުހުންނަށް ހާޒިރުވުމަށް ޗިޓް އައިސްފައިވާކަމަށެވެ.މިކަމާއި ގުޅިގެން މިއަދު އެދެބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާއިރު އަބްދުﷲގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) އާއި ޝަހީމް އަހުމަދާއެކު ޗިޓްގައިވާ ގަޑިއަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޝެއީހް އިމްރާންގެ ފަރާތުން ދެ ވަކީލުން ކަމަށްވާ މުހައްމަދު ޝަހީމް އަލީ ސައީދާއި، މުހައްމަދު އައްފާން ޝާފިއީވެސް ފުލުސް އޮފީހަށް ވަޑައިގަންނަވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ