ރީޖަނަލް ގްރީން އިކޮނަމީ ފޯރަމް މި މަހު ބާއްވަނީ

ރީޖަނަލް ގްރީން އިކޮނަމީ ފޯރަމް މިމަހު ބޭއްވުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފައިވާ ގޮތުގައި، ވޯލްޑް ގްރީން އިކޮނަމީ އޯގަނައިޒޭޝަނާއި އޭއޯއެސްއައިއެސްއާ ގުޅިގެން ކުރިއަށްގެންދާ މި ބައްދަލުވުން އޮންނާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
މި ފޯރަމްގެ މައިގަނޑު އަމާޒަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ދެމެހެއްޓެނިވި އަދި ކަންކަމަށް ކެތްތެރި މުސްތަގުބަލެއް ގާއިމުކުރުމަށް ބޭނުންވާ މުހިންމު ރޭވުންތަކާ ގުޅޭގޮތުން ވާހަކަދައްކައި، އެކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރުމެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފޯރަމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ