ނަޝީދުގެ ވެރިކަމުގައި ސްކޫލް ކަރިކިޔުލަމްވެސް “އެހާ އިސްލާމީ ނޫން” ގޮތަކަށް ބަދަލުކޮށްފައިވާނެކަމަށް އެއްބަސްވެއްޖެ

ނަޝީދުގެ ވެރިކަމުގައި ސްކޫލް ކަރިކިޔުލަމްވެސް “އެހާ އިސްލާމީ ނޫން” ގޮތަކަށް ބަދަލުކޮށްފައިވާނެކަމަށް އެއްބަސްވެއްޖެއެވެ.އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދުއާ ހަވާލާދީ ބުނެފައިވަނީ “ވެރިކަމުގައި ހުންނެވި އިރު ވާނީ ސްކޫލް ކަރިކިޔުލަމްވެސް “ބޮޑަށް ހަމަ ހަމަ (ނުވަތަ މެދުމިން) އަދި އެހާ އިސްލާމީ ނޫން” ގޮތަކަށް ބަދަލުކުރައްވާފައެވެ. އަދި އިސްލާމީ ޝަރީޢަތަށް ބޭނުން ނުޖެހޭނެ ޤާނޫނީ އުޤޫބާތެއް ވެސް ހުށަހެޅުއްވިކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.ކުރީގެ ރައީސް ނަޝީދުގެ މިއިންޓަވިއުގައި އިޒްރޭލާއި ރާއްޖެއާއި އޮންނަ ގުޅުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 30 އަހަރު މަޑުޖައްސާލާފައި އޮތް އޮތުން ބަދަލުކޮށް އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން އަލުން ބަދަހިކުރިކަމަށް ވަނީ އެއްބަސްވެފައެވެ. އަދި ހައްދުފަހަނަ އަޅާފައިވާ މުސްލިމުން ގަދަކަމުން އަންހެންކަނބަލުންގައި އަޅުވާފައިވާ ބުރުގާ އެކަނބަލުން ސަލާމަތްކުރެއްވުމަށް މަސައްކަތްކުރެއްވިކަމަށްވެސް ވަނީ ވިދާޅުވެފައެވެ.ޚަބަރާއި ގުޅޭ ލިންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ