ފެން އުފައްދަން ބޭނުންވާ ވަރަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށް ކަރަންޓު ފޯރުކޮށްދެވިފައި ވާކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.
އެގޮތުން އެމްޑަބްލިއުއެސްސީ އިން އެދުނު 2.5 މެގަވޮޓް (2500 ކިލޯވޮޓް)ގެ ކަރަންޓް ފޯރުކޮށްދީފައި ވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. ފެންކުންފުންޏަށް ކަރަންޓް ފޯރުކޮށްދެމުން އަންނަނީ ސްޓެލްކޯ އިން ވަގުތީ ގޮތުން ގާއިމްކޮށްފައިވާ ތިން ޓްރާންސްފޯމަރ އާއި ތިން ސްވިޗް ގިއަރ ބޭނުންކޮށްގެނެވެ.
ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިހާރު އުފައްދާ މިންވަރަށް ކަރަންޓް އުފައްދައިގެން އަދި ހަފުތާއެއް ނޫނީ މަސްދުވަސްވީ ކަމުގައި ވިޔަސް ފެން ކުންފުންޏަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.
ސްޓެލްކޯއިން ކަރަންޓު ދޫކުރުމުގެ އިތުރުން، ފެން އިސްކުރުު ބަރިއެެއް ބަހައްޓައިގެން އަންނަނީ ރައްޔިތުންނަށް ހިލޭ ފެން ފޯރުކޮށްދެމުންނެވެ.
މިފެނަކީ ޖަނަރޭޓަރުތައް ފިނިކުރުމަށާއި އަލިފާން ނިވުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އުފެއްދޭ ފެން ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިހާތަނަށް ގާތްގަނޑަކަށް 150 ޓަނާއި 200 ޓަނާއި ދެމެދުގެ އަދަދަކަށް ފެން ދޫކޮށްފައިވާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
ފެން އުފައްދަން ބޭނުންވާ ވަރަށް ކަރަންޓް ވަނީ ފޯރުކޮށްދެވިފައި - ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ