ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓު ދޭން ސްޓެލްކޯ އިން ތައްޔާރުވެއްޖެއެވެ.
މިއަދު ސްޓެލްކޯ އިން ވަނީ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތް ފަށައިފައެވެ. އަދި އެކަން ނިމުމުން ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ސްޓެލްކޯ އިން ބުނީ ހިޔާ ފްލެޓުތައް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން އެ ފްލެޓުތަކަށް ކަރަންޓުގެ ހިދުމަތް އެ ކުންފުނީގެ ފަރާތުން ފޯރު ކޮށްދޭނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށޫން ޖުމްލަ 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތް ކޮށްފައެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާ ގޮތުގައި އެ ފްލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ މަސައްކަތް ނިންމާ މާޗު މަހުގެ ތެރޭގައި ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާނެއެވެ.
ހިޔާ މަޝްރޫއު އަކީ 430 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާ މަޝްރޫއުއެކެވެ.
ހިޔާ ފްލެޓުތަކަށް ސްޓެލްކޯ އިން ކަރަންޓް ދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ