ކޮޅިގަނޑުގެ ބާރުގަދަވެ މިއަދު ހަވީރުން ފެށިގެން ރާއްޖޭއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަވެ މިހާރު ތޫފާން "ބުރެވި" އަށް ބަދަލުވެފައިވާ ކަމަށާއި މިއަދު ހަވީރު ނުވަތަ ރޭގަނޑުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
އެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ތޫފާން ހުޅަނގަށް ދަތުރުކޮށް މިއަދު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިޔާގެ އައްސޭރިފަށާއި ކައިރިވާނެ ކަމަށެވެ.
މީގެ އިތުރުން ދެކުނު އިންޑިޔާގެ ކަނޑުގައިވެސް ކޮޅިގަނޑެެއް އުފެދިފައިވާތީ މިއަދު ހަވީރު ނުވަތަ ރޭގަނޑުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ބައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އަދި މި ކަމާއި ގުޅިގެން އެ އޮފީހުން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖު މެދުވެރިކޮށް ރާއްޖޭގެ މޫސުމަށް އަންނަ ބަދަލު އާންމު ކުރަމުން ދާނެކަމަށް އެ އޮފީހުން މައުލޫމާތު ދެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ