މޫސުމީ މަޢުލޫމާތު އެއްކުރުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރާ 6 ވަނަ މެނުއަލް ވެދަރ ސްޓޭޝަން، ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ޤާއިމުކޮށްފިއެވެ. މިއީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ލިބިގެންދިޔަ މުހިއްމު ކުރިއެރުމެއްގެ ގޮތުގައި މެޓް އޮފީހުން ސިފަކުރައްވައެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މީގެކުރިން މާފަރު އެއަރޕޯޓަށް ބޭނުންވާ މެނުއަލް މޫސުމީ މަޢުލޫމާތުތައް ހޯދަމުން އައީ އެ ސަރަޙައްދާ އެންމެ ގާތުގައި އޮންނަ ހަނިމާދޫ އެއަރޕޯޓުގެ މެނުއަލް ސްޓޭޝަން މެދުވެރިކޮށެވެ. ނަމަވެސް، މާފަރުގައި އަލަށް ޤާއިމުކުރި މި ސްޓޭޝަނާއެކު، އެ ސަރަޙައްދުގެ މޫސުން މިހާރަށްވުރެ ބޮޑަށް ސައްޙަކޮށް ބުނެދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މާފަރު އެއާޕޯޓުގައި މެނުއަލް ވެދަރ ސްޓޭޝަނެއް ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ