ޝަމްސުއްދީން ސްކޫލްގެ ކަބްސްކައުޓް އަދި ލިޓްލްމެއިޑުންނަށް ފަތަންދަސްކޮށް ދެނީ

އައްޑޫސިޓީ މީދޫ ޝަމްސުއްދީން ސްކޫލްގެ ކަބްސްކައުޓުން އަދި ލިޓްލް މެއިޑުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސްޓޭޝަނުން ފަށައިފިއެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވީ މިޕްރޮގްރާމްގައި، މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މީގެ އިތުރުން މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީގޮތާއި ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
Advertisement
މިޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޯގަސްޓް 23އިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށެވެ.
ފުލުހުން ވިދާޅުވީ މިޕްރޮގްރާމަކީ ޝަމްސުއްދީން ސްކޫލުގެ އެދުމަކަށް ފުލުހުން ކުރިއަށް ގެންދާ މި ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި ޖުމްލަ 30 ދަރިވަރުން ބައިވެރި ވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ